ރިޔާސީ ޔޮޓު "އަރުމާޒު" ގަންނާނެ ބަޔަކު ނުވި

ނިމިގެން ދިޔަ ބޯޓް ޝޯގައި ވިއްކާލުމަށް އިއުލާން ކުރި ރިޔާސީ ޔޮޓު "އަރުމާޒު" ގަންނާނެ ބަޔަކު އަދި ނުވާ ކަމަށް، ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ބުނެފި އެވެ.
އެ ޖަމިއްޔާގެ ނާއިބް ރައީސް އިސްމާއިލް އާސިފު ވިދާޅުވީ މި އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ބޯޓް ޝޯގައި ވިއްކާލުމަށް ބޭއްވި އަރުމާޒު ޔޮޓު ގަތުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ފަހުން އެއްވެސް ފަރާތަކުން އެ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.
"އަޅުގަނޑަކަށް އެނގިފައެއް ނެތް ސަރުކާރަށް ވެސް އަރުމާޒު ގަތުމަށް ބަޔަކު ހުށަހެޅި ކަމެއް. ބައެއް މީހުން ޔޮޓު ބެލި ނަމަވެސް ޔޮޓު ގަންނަން އެއްވެސް ފަރާތަކުން ފަހުން ވާހަކައެއް ނުދައްކާ،" އާސިފު ވިދާޅުވި އެވެ.
ބޯޓް ޝޯގައި ވިއްކާލުމަށް ބޭއްވި އަރުމާޒު ޔޮޓު ބެލުމަށް ބޭރުގެ ބައެއް މީހުން ޔޮޓަށް ޒިޔާރަތް ކޮށްފައިވެ އެވެ.
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ބޭނުންކުރެއްވި މި ޔޮޓުގެ އަގަކީ ގާތްގަނޑަކަށް 4.7 މިލިއަން ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ