ފަޅު ރަށްތައް ކުއްޔަށް ދިނުމުގައި ކައުންސިލްތަކުގެ މަޝްވަރާ ބޭނުންނުވާނެ ކަމަށް ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.
އެ ކޯޓުން މިގޮތަށް ހުކުމްކުރީ ގދ. ހެވާހުޅުދު އާއި ދިޔަނިގިއްޔާއި ކޮޑާނަހުއްޓާއި ދިގުލާބަދޫ ގދ. އަތޮޅު ކައުންސިލާ މަޝްވަރާނުކޮށް ސަރުކާރުން ކުއްޔަށް ދިން މައްސަލައިގައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ގދ. އަތޮޅު ކައުންސިލުން އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު އިއްވެވި ހުކުމުގައި ވަނީ ގދ. ހެވޭހުޅުދޫއާ ދިޔަނިގިއްޔާ ކޮޑާނަހުއްޓާ އަދި ދިގުލާބަދޫ ގދ. އަތޮޅު ކައުންސިލްގެ އިސްތިސާސްގެ ދަށުގައި ވުމަކީ އެ ރަށްރަށުގެ މިލްކުވެރި ފަރާތަކި ގދ. އަތޮޅު ކައުންސިލް ކަމަށް ބެލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ތަކެތީން ތަސައްރަފު ކުރުމުގެ ކުރިން އެހެން ފަރާތެއްގެ ލަފަޔާއި މަޝްވަރާ ހޯދަން ޖެހޭ ކަމަށް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާއިރު އެފަދަ ލަފައެއް ހޯދެންޖެހޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ބިމާ ބެހޭ އެންމެހާ ސިޔާސަތުތައް ކަނޑައަޅައި ބިން އެކި ބައިބަޔަށް ބަދަލުކޮށް އެފަދަ ކަންކަން ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުން ލިބިދީފައިވާ ބާރަކަށް ވީހިނދު އަތޮޅު ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރުގެ އިމުގެ ބޭރުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
އެހެންކަމުން ކައުންސިލްގެ މަޝްވަރާއާ ނުލައި ގދ. އަތޮޅުގެ އެއްވެސް ފަޅުރަށެއް ކުއްޔަށް ދީގެންނުވާނެ ކަމަށް ދައުލަތުގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ހުކުމުގައި ވެއެވެ.
ފަޅުރަށްތައް ކުއްޔަށް ދިނުމުގައި ކައުންސިލްތަކުގެ މަޝްވަރާ ބޭނުން ނުވާނެ ކަމަށް ނަޑައްލާ ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ