މެމްބަރު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން އަރީފުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އިއްޔެއިން ފެށިގެން އަންނަ މަހު އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި އަރީފްގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި ސިފައިންނާމެދު މަޖިލީހުގެ މެންބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތުގައި މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.
އަދި އަރީފަކީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކަށްވެފައި އޭނާގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ކުރިން ފުރައިގެން ފިލައިފިނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.
މިއީ އަރީފުގެ ޕާސްޕޯޓު ހިފެހެއްޓި ދެވަނަ ފަހަރެވެ.
ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން އަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ޕާސްޕޯޓުތަކާއި އައިޑީކާޑު ވެސް ކަމާބެހޭ މުއައްސަސާތަކުން ގެންދިޔުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ