ދިވެހި ރާއްޖެއިން ފެންނަމުން ދަނީ ފެއިލް ވެފައިވާ ދައުލަތެއްގެ ސިފަތައް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ.
ރައީސް މައުމޫނު މިމޭރުމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ފެށުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މައުމޫނު ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނުތައް މިހާރު ތަންފީޒު ކުރެވެމުން ނުދާކަމަށާއި ނަމަވެސް ޤާނޫނު ތަންފީޒު ކުރުމަކީ ދައުލަތެއްގެ އެންމެ މުހިއްމު ސިފަ ކަމުގައެވެ. އަދި ޤާނޫނުތަކަށް ދައުލަތުގެ މުއައްސަސާތަކުންވެސް އަމަލުކުރާތަން މިއަދު ނުފެންނަ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ސަރުކާރާއި ދައުލަތުގެ މުއައްސަސާތަލުން ޤާނޫނަށް ހުރުމަތްތެރިކޮށް ނުހިތާއިރު ކޯޓްތަކުން އިންސާފު ނުލިބޭ ކަމަށާއި އަދި ކޯޓްތަކުން ކުރާ ހުކުމްތަކަށް ސަރުކާރުން ތަބާނުވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ރާއްޖެއިން ފެއިލްވެފައިވާ ދައުލަތެއްގެ އަލާމާތްތައް ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށައި އެކަމަކީ ކަންބޮޑުވާން ޖެހޭކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ މިސަރުކާރު ރައްޔިތުން ގެނައުމުގެ ބޭނުން ކެނޑި ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމުގައެވެ.
މި ދައުލަތުގެ ސިފަޔާއި މެދު ރައީސް މައުމޫނު ވިދާޅުވީ މިހެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ