ބޮޑު ތިލަންދުމަތީގެ ތަރައްގީއަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވޭ: މެމްބަރު ޣަފޫރު

ބޮޑުތިލަދުންމަތީގެ ތަރައްގީއަށް މި ސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި ހަމަ އެކަނި ސަރުކާރުން ކުރަމުންދަނީ ވައްކަން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
 
ހދ. ހަނިމާދޫގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި ޣަަފޫރު ވިދާޅުވީ ހދ. އަތޮޅު ތަރައްގީވާނީ ހދ.އެއާޕޯޓު ތަރައްގީކޮށްގެން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ނުކުރާނެ ކަމަށާއި އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށްބުނެ ކުރަނީ މަލާމާތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އާމްދަނީ ދެ ގުނަ ކުރެވޭނެ ގުދުރަތީ މުއްސަނދިކަން މި އަތޮޅުގައި އެބަހުރި ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި ޔޫރަޕްގެ ފްލައިޓްތައް ޖެއްސޭވަރަށް ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާނެ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލިޔަސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެ މަގާމުން ވަކި ކުރާނެ ކަމަށެވެ.
ސަރުކާރުގެ ވަޒިފާތަކުގައި ތިބި މީހުން ވަޒީފާގެ ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާކަން ފާހަގަ ކުރައްވާ ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ ޕާޓީގެ ޖަލްސާއަކަށް މީހަކު ގޮސްގެން ވަޒީފާއިން ވަކި ކޮށްފައިނުވާނެ ކަމަށެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވެސް ހުންނެވީ ސާބިތުކަމާއެކު މަސީހާ ދެކޮޅަށް ވޯޓު ދެއްވަންކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވ ގައުމަށް މިއަދު ބޭނުންވަނީ އެފަދަ ދަރިން ކަމަށެވެ.
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ