އިއްތިހާދު އެއާލައިންސްގެ ޕައިލެޓަކު ބޯޓު ދުއްވަމުން ދަނިކޮށް މަރުވެއްޖެ

އަބޫ ދާބީން އެމްސްޓަޑާމަށް ދަތުރުކުރަމުންދިޔަ އިއްތިހާދު އެއާވޭސްގެ ޕައިލެޓަކު ބޯޓު ދުއްވަމުން ދަނިކޮށް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. އެ ހާދިސާގައި ދުއްވަމުން ދިޔަ ބޯޓަކީ ކާގޯ ހިފައިގެން ދިޔަ ބޯޓެއް ކަމަށް އެ އެއާލައިން އިން ބުންޏެވެ. އެ އެއާލައިނުން ބުނީ ޝެޑިއުލާ އެއްގޮތަށް ހެނދުނު 5.20ގައި ބޯޓު ނައްޓާލިތާ ކުޑަ ކުޑަ އިރުކޮޅެއް ތެރޭ ޕައިލެޓްގެ ހާލު ކުއްލިއަކަށް ދަށްވެގެން ދިޔަ ކަމަށެވެ. "ކެޕްޓަންގެ ހާލު ދައްވާން ފެށުުމުން ވަގުތުން އިމަޖެންސީކޮށް ކުވައިތަށް ޖެއްސުމަށް ބޯޓު އަނބުރާލިން،" އިއްތިހާދު އެއާވޭސްގެ ސްޕޯކްސްޕާސަން ބުންޏެވެ. "ބޯޓު ޖެއްސިތަނާ މެޑިކަލް ޓީމަކުން ވަގުތުން އޭނާ އަށް ފަރުވާދޭން ފެށިން. ނަމަވެސް އިރުކޮޅެއް ނުވެ އޭނާ މަރުވެއްޖެ،" ސްޕްކްސްޕާސަން ބުންޏެވެ. އިއްތިހާދު އެއާވޭސްގެ ފްލައިޓުތަކުގައި ދެ ޕައިލެޓުން އަބަދުވެސް ތިބެއެވެ. އެ ހާދިސާގައި މަރުވި ޕައިލެޓުގެ ނަމާއި އުމުރާއި އަދި ގައުމު އިއްތިހާދުން ހާމަކޮށްފައެއް ނުވެ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ