ސްޕްރީމް ކޯޓްގެ އަހަރީ ދުވަހުގެ ހާއްސަ ހަފްލާއަކާއި އެކު ޝަރުއީ ދާއިރާގެ ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބައްދަލުކުރައްވައިފި އެވެ.
މި ބޭފުޅުންނާއި އުއްތަމަ ފަނޑިޔާރު ބައްދަލު ކުރެއްވީ މިރޭ ސުޕްރީމް ކޯޓުގައި ފަރިއްކޮޅަކާއި އެކު ބޭއްވި ހަފުލާއެއްގައެވެ.
މި ހަފްލާގައި ބަންޑާތަ ނައިބު މުހައްމަދު އަނިލްއާއި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި ފަނޑިޔާރުންނާއި ބައެއް ވަކީލުންވެސް ބައިވެރިވެ ވަޑައި ގެންނެވިއެވެ. އަދި ރިޓަޔަޑް ބައެއް ފަނޑިޔާރުންވެސް މިރޭގެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ނަމަވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ނިކުމެ ވަޑައިގެންނެވި އެއްވެސް ވަކީލަކު މިރޭގެ ހަފްލާއިން ފެނިފައެއް ނުވެއެވެ. ސަސްޕެންޑްކުރި 54 ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިހާރުވަނީ އުވާވެސް ލާފައެވެ.
މިރޭގެ ހަފްލާގައިވަނީ ޝަރުޢީ ދާއިރާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެކްޝަން ޕްލޭންވެސް ވެސް ނެރެފައެވެ.
ޝަރުއީ ދާއިރާގެ ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ