ޟުޙާވަގުތުވުމުން ޢީދު ނަމާދު ކުރެވޭނެ! ހަތްގަޑިބައިވަންދެން މަޑުކުރާކަށް ނުޖެހޭނެ!: ޑރ. އިޔާޟް

"ވާރޭވެހުން ފަދަ ޢުޛުރެއް ނެތް ނަމަ ޢީދުނަމާދުކުރަންވާނީ މައިދާނެއްގައި، ޟުޙާ ނަމާދު ވަގުތު، (އިރުއަރާތާ 15 މިނިޓްއިރު ފަހުން) ފެށުމާއިއެކު، ކުރެވިދާނެ! ކޮންމެހެން 7.30 އަށް މަޑުކުރާކަށް ނުޖެހޭނެ!" -ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންގެންދާ އެޗްޕީއޭއިން މިއަހަރުގެ ބޮޑުޢީދު ނަމާދު މައިދާނުގައިކުރުން ހުއްޓުވާފާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ވަގުތެއްގައެވެ. 
މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ހޭދަވާ 5 -15 މިނިޓުގެ ނުރައްކާ ރެޑްއެލަރޓަށް ލައިގެން އެޗްޕީއޭއިން "ގޭސް އަނބުރަމުން" ގެންދާއިރު މިސްކިތަށް ޖަމާވާ މީޙުންގެ އެތައް ގުނައަކަށް ރެސްޓޯރަންޓުތަކުގައި ޖެހިޖެހިގެން ގަޑިއެއްގެ އިރު ހޭދަކުރާތީ ކަންބޮޑުވާ ބައަކު ނެތެވެ. އެތައް ސަތޭކަމީހުން ޖެހިޖެހިގެން ތިބެ މަޖީދީ މަގުގައި ހަދާ ކިޔޫތަރުތީބުކޮށްދެނީ ފުލުހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ