އަގުބޮޑުކޮށް ތަކެތި ގަނެފައިވާ މައްސަލައިގައި ފައިސާ ވަނީ ހޯދާފައި: އެންޑީއެމްއޭ

ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް އަގުބޮޑުކޮށް ކާބޯތަކެތި ފޯރުކޮށްދިން މައްސަލަ މީގެ މާކުރިން ސަމާލުކަމަށް އައިސް، އެ ފައިސާ އެންޑީއެމްއޭއަށް އަނބުރާ ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް މިހާރު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށްވުރެ ބޮޑު އަގުގައި ކަމާއި، އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައިކަން ފާހަގަވެފައިވާ ކަމަށެވެ. އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށެވެ. ނަމަވެސް މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އެ މައްސަލަ އޮޑިޓުގެ މާކުރިން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭގައި އުޅެނީ 23،000 ރުފިޔާގެ ތަފާތެއް ނޫން ކަމަށާއި، އަސްލު ފަރަގު 28،000 ރުފިޔާއަށް އަރާކަމަށް ހިސާން ވިދާޅުވިއެވެ. އަދި އޮޑިޓުގެ މާކުރިން އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. ހިސާން ވަނީ އޮޑިޓުގައި އެ މައުލޫމާތު ހިމަނާފައި ވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށެވެ. ތަފްސީލް އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ