ކޮވިޑް19 އާ ގުޅިގެން ގެސްޓް ހައުސްތަކުން ނުދައްކާ ހުރި ކަރަންޓު ބިލާއި ފެން ބިލްތައް ދައްކަން ލުއިތަކެއް

ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން، އެތަންތަނުން ދައްކަން ޖެހޭ ފެނާއި ކަރަންޓް ބިލްތައް ދެއްކުމުގައި ލުއިތަކެއް ދީފިއެވެ.
އެގޮތުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ، އަލުން ގެސްޓް ހައުސްތައް ހުޅުވުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ވަކިން ހާއްސަކޮށް ކަރަންޓް ބިލްތަކާއި ފެން ބިލްތައް ދެއްކުމުގައި އެކަށީގެންވާ ލުއިތަކެއް ލިބިފައި ނުވާތީ އެކަމުގެ ޝަކުވާތައް ލިބިފައިވާ ކަަމަށެވެ.
އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި އެ އެސޯސިއޭޝަން އިން ޓޫރިޒަމް މިނިސްޓްރީއާ ބައްދަލު ކުރި ކަމަށާއި، އެ މިނިސްޓްރީގެ ޖަވާބެއް އެކަމުގައި މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަަމަށާއި އެގޮތުން ފެން ބިލްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުދައްކާ ހުރި ބިލްތައް މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީން އެއްބަސްވެފައިވާ ޖީއޭއެމްއިން ވަނީ ހާމަކޮށްފައެވެ.
އަދި މިގޮތަށް ބިލްތައް ދެއްކުމުގައި ކުންފުނިތަކާއި ގުޅައިގެން ކުރިއަށްގެންދިއުމަށް ވަނީ ޖީއޭއެމް އިންއެދިފައެވެ.
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު، ގެސްޓް ހައުސްތައް ބަންދުކުރުމާއެކު އެ ވިޔަފާރިތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ