ކުޅުދުއްފުށީ ރައްޔިތުން ރައީސް ޔާމީންގެ ތަރައްގީގެ އަގު ވަޒަންކުރޭ: ޑރ. ޝަހީމް

ކުޅުދުއްފުށީގެ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާ އަބަދުﷲ ޔާމީންގެ ތަރައްގީގެ އަގު ވަޒަން ކުރާ ކަމަށް ރައީސް ޔާމީންގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭންކުރައްވުމަށް ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ބޮޑު ސަޕޯޓެއް ރައީސް ޔާމީނަށް އެބަ އޮތް ކަަމަށެވެ. އަދި އެ ރަށުގެ އުމްރާނީ ތަރައްގީއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ރަށުގެ ރައްޔިތުން ބަލައިގަނެ އޭގެ އަގު ވަޒަން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޝަހީމް ކުޅުދުއްފުށިީގައި ހަދާ އެއާޕޯޓް ސަރަހައްދަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --- އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށިން ބޮޑު ތާއީދެއް ރައީސް ޔާމީންއަށް ލިބިވަޑައިގަންނަވާނެ ކަަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ. އަދި މިއަދު ހަވީރު އެ ރަށުގައި މިހާރު ހަދަމުންދާ ރީޖަނަލް އެއާޕޯޓްގެ މަސައްކަތް އޭނާ ވަނީ ބައްލަވައިލައްވައިފައެވެ. ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިމި ފްލައިޓް ޖެއްސޭތޯ އެމްޓީސީސީން މިހާރު މަސައްކަތް ކުރަމުންގެންދާ ކަަމަށެވެ. ޑރ. ޝަހީމް ކުޅުދުއްފުށިީގައި ހަދާ އެއާޕޯޓް ސަރަހައްދަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ: ޑރ. ޝަހީމް ކެމްޕޭން މީޑިއާ ކުުޅުދުއްފުށީގެ ތަަރައްގީއަށް ރައީސް ޔާމީންގެ މި ދައުރުގައި ގެނެސްދެއްވި ތަރައްގީއަށް އިޝާރާތްކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެރަށަށް އިތުރު ތަރައްގީ ގެނެސްދިނުމަށް މަސައްކަތްް ކުރާނެ ކަމަށެވެ. ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ބައެއް ގޭގެ ނަގަމުންދާތީ އެކަމަށް އިޝާރާތްކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން އެއްވެސް ރައްޔިތަކަށް ދެރަގޮތެއްވިޔަ ނުދެއްވާނެ ކަމަށާއި އަދި ގޯތިތައް ނަގާނީ އަދުލުވެރި ބަދަލެއް ދިނުމަށް ފަހުގައި ކަމަށެވެ. ޑރ. ޝަހީމް ހދ. އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން އެ އަތޮޅުގެ ހަނިމާދޫ، ވައިކަރަދޫ، ކުމުންދޫ، ނޮޅިވަރަން، ކުރިނބީ އަދި ނޭކުރެންދުއަށްވެސް ވަނީ ވަޑައިގެންފައެވެ. އޭގެ އިތުުރުން ޑރ. ޝަހީމް އަންނަ ބުދަ ދުވަހު ށ. އަތޮޅަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޑރ. ޝަހީމްގެ ކެމްޕޭން ދަތުރުފުޅުގައި މިހާތަނަށް ގއ. އަތޮޅާއި ފުވައްމުލަކާއި ގދ. ތިނަދޫގެ އިތުރުން ލ. އަތޮޅަށްވެސް ވަނީ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ