ސަޓާ 2018 ގެ ރާއްޖޭގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކައިމޫ ހޮޓެލްސް
ހައިރައިޒުން އިންތިޒާމުކޮށްގެން ދޭ ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2018 އަށް ރާއްޖެއިން ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކައިމޫ ހޮޓެލްސް ހަމަޖައްސައިފިއެވެ. ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކައިމޫ ހަމަޖައްސައި ޖޫންމަހުގައި ކުރިއަށްދާ، ސަޓާއަށް ނޮމިނޭޓުވެފައިވާ ރާއްޖޭ ޕްރޮޕަޓީތަކުގެގެ އިވެލުއޭޝަން ކުރިއަށްދާނީ ކައިމޫގެ ޕްރޮޕަޓީތަކުގައެވެ. ނަވާރަސަތޭކަ ހަތްދިހަ ނުވަވަނަ އަހަރު އުފެދުނު ކައިމޫ ހޮޓެލްސްގެ ދަށުން ހިންގާ ޕްރޮޕަޓީތަކަކީ މާލޭގެ މޫކައި ހޮޓެލް، މޫކައި ސުއީޓްސް އަދި ކާމް ހޮޓަލުގެ އިތުރުން އެނބޫދޫ ވިލެޖު، ސަމަރ އައިލެންޑް މޯލްޑިވްސް އަދި އައްޑޫ ސިޓީގެ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖެވެ. ސަޓާއެވޯޑުގެ އޮންލައިން ވޯޓިން މާޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި އޮންލައިން ވޯޓިންއަށްފަހު ޖޫން މަހާއި ޖުލައި މަހުގައި ހާއްސަ ޕެނަލް އަކުން ސަޓާ އެވޯޑުގެ އިވެލުއޭޝަން ކުރިއަށްގެންދާނެ ކަަމަށް ވެސް ހައިރައިޒުން ބުންނެވެ. މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވިޔަފާރި ނާރެސް، މުމްބާއީގައެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައެއް ނުވެއެވެ. ހައިރައިޒުން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަޓާ އެވޯޑްސް ހަފްލާ ބޭއްވުމަށެވެ. ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް: އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ) ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ނޭޕާލް ޓޫރިޒަމް ބޯޑު އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް ހޮޓެލް އެންޑް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ބޫޓާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ