އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެންމެ ފުރަތަމަ ވަންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެނޑިޑެސީ ފޯމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގުޅިގެން އިންތިހާބުގައި ވާދަކުރައްނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދުދެއްވާ މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ ޕާޓީއަކުން ކަނޑައަޅަ އެކަން އިއުލާނު ކުރީ ޕީޕީއެމްއިން ރައީސް ޔާމީންކަމަށާއި، އެހެންމަކުން އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަންސްއަށް ވަންނާނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯމުކަމަށެވެ.
މެމްބަރު ޝިޔާމް އެފަދައިން ވިދާޅުވެފައިވާއިރު، ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް ޔާމީންގެ މައްސަލަތަކެއް ފުލުފުލުގައި ތާވަލްކޮށްފައި އެބައޮތެވެ.
އެގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށްދޫކުރި ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް އަންނަ މަހުގެ 2، 4، 6، 9، 11 އަދި 13 ތާވަލްކޮށްފައިވެއެވެ. އަދި މި މައްސަލަ މިގޮތައް ތާވަލުކުރިކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އަދި ޔާމީންގެ ވަކީލުންނަށް އަންގައި ޗިޓްވެސްވަނީ ފޮނުވާފައެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންވަނީ ނުފޫޒު ބޭނުންކުރައްވައިގެން، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯއްވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ އިތުރުންމިހާތަަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއާއި، ކުރީގެ ދާހިލީ ވަޒީރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
އީސީއަށް އެންމެ ފުރަތަމަ ވަންނާނީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު: މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ