ދިރާގު "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނު ގއ. ވިލިނގިލި، ހުސައިން ފަޔާޒްއާއި ބޯޓު ހަވާލުކޮށްފިއެވެ.
މި ބޯޓު އޭނާއާއި ހަވާލުކޮށްފައިވަނީ، އަލް ޝާލީ މެރިން ބޯޓްޔާޑުގައި މިކަމަށްޓަކާއި ބޭއްވި ރަސްމީއްޔާތެއްގައެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމުގައިވާ ގއ. ވިލިނގިއްޔަށް އުފަން ހުސައިން ފަޔާޒްއާ ވަނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާއެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ފަޔާޒާއި އޭނާގެ އާއިލާގެ އިތުރުން ދިރާގު އަދި އަލްޝާލީއާއި އައުޓް ބޯޑު އިންޖީނު ސްޕޮންސަރކޮށްދިން އެލިޔާ ކުންފުނީގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިޔާ ފަޔާޒް ބުނިގޮތުގައި، މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިއިރު މި އިނާމް ލިބިދާނެކަމަށް ހިއެއް ނުކުރެވެއެވެ. ނަމަވެސް ހަނގު ދަރިފުޅު ޝައުޤުވެރިވެރިވުމުން ބައިވެރިވެރިވީ ކަމަށެވެ. އޭނާއަށް މި ބޯޓު ލިބުނުކަން އެނގުމުން ފުރަތަމަ ޤަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވިކަމަށް ބުންޏެވެ. އަދި، ދިރާގުން ކަސްޓަމަރުންނަށް މިފަދަ ޕްރޮމޯޝަންތައް ބާއްވައި، ތަފާތު އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުޞަތުތައް ހޯދައިދެމުންދާތީ އެކަމަށްޓަކައި ދިރާގަށް ޝުކުރު އަދާ ކުރިއެވެ.
ފަޔާޒަކީ ވޭތުވެދިޔަ 16 އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދިރާގުގެ ގިނަ ޚިދުމަތްތައް ބޭނުންކުރަމުންދާ ކަސްޓަމަރެއް ކަމަށް އެކުންފުނިން ބުނެއެވެ.
"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމުގެ މަޤުޞަދުގައި އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހު 16 އިން ޑިސެމްބަރު މަހުގެ 16 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. މި ބޯޓަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ އެކިއެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ބޭނުންކުރެވިދާނެ ބޯޓެކެވެ.
ދިރާގުން ވަނީ ވޭތުވެ ދިޔަ އަހަރުވެސް މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ދީފައެވެ.
ދިރާގުގެ "ވިން އަ ސްޕީޑްބޯޓް"ގެ ނަސީބުވެރިޔާއަށް ބޯޓު ޙަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ