އަންހެނަކު ފުރާޅުމައްޗަށް ވެއްޓުން: ދެ މީހުން ތިބީ މަސްތުގެ ހާލުގައި، ނޫސްވެރީންނަށް ވީޑިއޯ ދައްކާ މައުލޫމާތު ދީފި

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ނޫސްވެރީންނާއި ހިއްސާކޮށް އެ ހާދިސާއާ ގުޅޭ ބައެއް މަންޒަރުތައް މިރޭ ނޫސްވެރީންނަށް ދައްކާލައިފި އެވެ.
ނޫސްވެރީންނަށް މި މައުލޫމާތު ހިއްސާކޮށް ހާދިސާގެ ބައެއް މަންޒަރުތައް ހިއްސާކުރީ އިސްކަންދަރު ކޮށީގައި މިރޭ އޮތް ބައްދަލްވުމެއްގަ އެވެ. މި ބައްދަލްވުމުގައި ފުލުހުން ފާހަގަކުރި ގޮތުގައި މި ހާދިސާގައި ހިމެނޭ އަންހެން މީހާއާ އޭނާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގީ އެރޭ ދަންވަރު 4:30 އާއި 5:00 އާ ދެމެދު އެވެ. ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެތް ލިބިފައެއް ނުވެ އެވެ. (ތަފްސީލް އަންނަނީ)
Advertisement
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ