އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ހަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “އެޕަލް ޕައި”
ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި:
3 ބިސް
1 ޖޯޑު ހަކުރު
2 މޭޒުމަތީ ސަމުސާ ބަޓަރު މެލްޓް ކޮށްފަ
1/2 ޖޯޑު ކިރު
2 ޖޯޑު ފުށް
2 އާފަލު ކިއުބް ގޮތަށް ކޮށާފައި
1 ސަމުސާ ބޭކިންގ ޕައުޑަރ
ތައްޔާރުކުރާނެގޮތް؛
ތަށްޓަކަށް ބިސް، ހަކުރު އަދި ބަޓަރ އަޅާފައި އެއްކުރާށެވެ. ދެން ކިރު އެއްކޮށްފައި އަނެއްކާ އެކުރަމުން ގެންދާށެވެ. އެއަށްފަހު ފުށް އަޅާފައި މަޑުމަޑުން އެއްކޮށްލުމަށްފަހު ކޮށާފައި ހުރި އާފަލު އެޅުމަށްފަހު އެއްކޮށްފައި ބޭކިންގ ޕައުޑަރ އަޅާފައި ކުރިހާ ބާވަތެއް ރަނގަޅަށް އެއްވީމަ ޓްރޭއަކަށް އަޅާލާށެވެ. އަވަން ހޫނު ކޮށްލުމަށްފަހު އަވަނަށް ލާފައި 350ޑިގްރީސް ފެރެންހައިޓް ގައި 15 މިނެޓަށް ފިހެލާށެވެ.
އޭއޯ ރޯދައިގެބަދިގެ: ކޮންޑެންސްޑް މިލްކް ޓްރަފުލްސް އޭއޯ ރޯދައިގެބަދިގެ: ސޯއި ގާލިކް ޗިކެން ރައީސް އެދިވަޑައިގަތީ ރަމަޟާން މަހު އުޅުމަށް ގެންނަ ހެޔޮ ބަދަލު، ދަމަހައްޓަން މި ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ: ރައީސް މަގުބ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ