މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - ބާސެލޯނާގައި އަރަމުން އަންނަ ސްޕެއިނުގެ ތަރި، ލަމީން ޔަމާލް ކެރިއަރުގައި ރަނގަޅު މަގުން ކުރިއަށްދިއުމަށް ދަސްކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް ބާސެލޯނާގެ ކުރީގެ ފޯވާޑް، ލުއިސް ސުއަރޭޒް ބުނެފި އެވެ.
ސަތާރަ އަހަރުގެ ޔަމާލް، ފުޓްބޯޅައިގައި ހޯދަމުން އަންނަ ކާމިޔާބީތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އަދި، ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ޔަމާލްގެ ޑިވެލޮޕްމަންޓަށް ބޭނުންވާ ކަންކަން އެންމެ ރަނގަޅަށް ކުރުމަށް އޭނާ އަށް ނުރަނގަޅު ޕްރެޝަރު ނުދޭން މީޑިއާ އަށް ވެސް ގޮވާލައިފަ އެވެ.
މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ސުއަރޭޒް، 38، އަށް ވަނީ ޔަމާލާ ގުޅޭގޮތުން ނޫސްވެރިންގެ ސުވާލު އަމާޒުވެފަ އެެވެ.
"ލަމީން (ޔަމާލް)ގެ ފަރާތުން އެ ފެންނަނީ އެ އުމުރަށް ވުރެ މާ މޮޅު ކުޅުމެއް އެހެން ކުޅުންތެރިންނާ އަޅާކިޔާއިރު، 17 އަހަރަށް ބަލާއިރު ވަރަށް ރަނގަޅު ކުޅުމެއް އެ ދައްކަނީ،" ބާސެލޯނާ އަށް ހަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ސުއަރޭޒް ބުންޏެވެ.
"މުހިންމު މެޗުތަކުގައި ކުޅޭއިރު، ވަރަށް ޒިންމާ ނަގައިގެން މޮޅު ކުޅުމެއް ދައްކަން ޔަމާލް މަސައްކަތް ކުރޭ. ބާސެލޯނާ ސަޕޯޓަރެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް ހިތްހަމަޖެހޭ، އެ ޕްރެޝަރު އޭނަ ނަގާތީ، އެކަމަކު ވިސްނަން ޖެހޭ ކަމަކީ، އަދިވެސް އޭނަ ދަސްކުރަން ޖެހޭ ކަންކަން ގިނަ، އަހަރެމެން ވެސް 18 އަހަރާއި 20 އަހަރާއި 25 އަހަރު ވީއިރު، ތަޖުރިބާ ކުރި ކަންކަން ތަފާތު،"
ސުއަރޭޒް ބުނީ، މި ޒަމާނުގެ ފުޓްބޯޅަ ކުޅުންތެރިން ފުޓްބޯޅައިގެ ފޯކަސް ދަމަހައްޓަން ކުރަން ޖެހޭ ކަންކަމުގެ ތެރެއިން، އަމިއްލަ ދިރިއުޅުމުގެ ގިނަ ޑިސިޕްލިންތަކަށް ފަރުވާތެރިކަން ނުބަހައްޓާތީ، ކެރިއަރު ރަނގަަޅު ޓްރެކުން ނުދާކަން ފެންނަމުން އަންނަ ކަމަށެވެ. އަދި، މިއީ ވެސް ޔަމާލް ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި ސުއަރޭޒް ފާހަގަކުރި އެވެ.
ޔަމާލް ދަސްކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް ބުނެ ސުއަރޭޒްގެ ނަސޭހަތެއް ޔަމާލް ދަސްކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް ބުނެ ސުއަރޭޒްގެ ނަސޭހަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ