މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓާލީ އެ މަގާމުން ވަކިކޮށްފި
މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައި ގެނައި ބޭރުގެ ސީއީއޯ ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކޮށްފައިވާ ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ހާމަކޮށްފި އެވެ.ވިޓަލީ ވަކިކުރި ސަބަބެއް ނުބުނެ ޕީސީބީން އެކްސްގައި ކުރި ކުރު ޕޯސްޓެއްގައި އޮތީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އޭނާއަކީ މިފްކޯގެ 32 އަހަރުގެ ތާރީހުގައި އެ ކުންފުނި ހިންގުމާ ހަވާލުވި ފުރަތަމަ ބޭރުގެ ސީއީއޯ އެވެ.މި މަގާމަށް ޑރ. ވިޓާލީ ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ޑރ. ވިޓާލީގެ ކުރިން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވީ ސަމާހު ރަޝީދެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަކީ 1993 ގައި އުފެއްދި ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ