ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް މާލެ ސަރަހައްދުގައި ރަޖިސްޓާ ވެފައިވާ މީހުންގެ އަދަދު 1،600 އަށް ވުރެ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.
ކެންސަރު ޖެހިފައިވާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުން އަންނަ އިރު، އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލު މެދުވެރިކޮށް "ކެންސާ ރަޖިސްޓާ" ގައި މިހާތަނަށް 1،600 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެ އޭޖެންސީން މިހާރުވެސް ދަނީ ދަފްތަރު އަޕްޑޭޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން 2019 ވަނަ އަހަރުން ފެށިގެން މައުލޫމާތު އަދާހަމަކޮށް ޑިޖިޓަލް ކޮށް ބަލަހައްޓަމުންދާ ކެންސަރު ބަލިމީހުންގެ ދަފްތަރުގައި ހިމެނޭ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް، ލިވާ އަދި ޕްރޮސްޓޭޓް ކެންސަރު އިތުރުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް
މިއަހަރުގެ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ޝިއާރަކީ "ޔުނައިޓެޑް ބައި ޔުނީކް" އެެވެ. ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެނީ ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލި ޖެހުމުން ފަރުވާ ހޯދާނެ ގޮތާ މެދު މައުލޫމާތު ފޯރުކޮށްދިނުމަށެވެ.
ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ 1.600 އަށްވުރެ ގިނަ މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ