މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީގައި ލޭންޑްކޮށްފި

މާލެއިން ފުވައްމުލަކަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއް އެމަޖެންސީގައި ފުވައްމުލަކު ރަންވޭއަށް ޖައްސައިފިއެވެ.
މޯލްޑިވިއަނުން ބުނީ މި ބޮޓް އެމަޖެންސީ ލޭންޑިންއަކަށް ދާންޖެހުނީ، ފްލައިޓް ރަންވޭއަށް ޖައްސަނިކޮސް އިންޖީނަށް މައްސަލައެއް ދިމާވެގެން ކަމަށެވެ. މި ފްލައިޓް ފުވައްމުލަކަށް ޖައްސަން އޮތީ ހަވީރު 16:43 ހާއިރު ނަމަވެސް އެ މައްސަލަ ދިމާވުމުން ފްލައިޓަށް ލޭންޑުކުރެވުނީ ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުންނެވެ.
މިކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކާ ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ އިންޖީނަށް ދިމާވީ މާބޮޑު މައްސަލައެއް ނޫންކަމަށާއި މައްސަލައެއް އުލޭކަން ފާހަގަކުރެވުމުން ސޭފް ލޭންޑިންއަކަށް ދިޔާއީކަމަށެވެ. މޯލްޑިވިއަނުން މިހާރު އަންނަނީ ފްލައިޓް އިންޖީނަށް ދމާވި މައްސަލަ ހައްލުކުރަމުންނެވެ. 
Advertisement
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް މޯލްޑިވިއަނުން ބުނެއެވެ. ވައިގެ ދަތުރުފަތުރުގައި ދިމާވާ ބައެއް ޓެކްނިކަލް ކަންކަމުގެ ސަބަބުން ބައެއްފަހަރު އެމަޖެންސީކޮށް ލޭންޑްކުރާއިރު، ރާއްޖޭގައިވެސް މަދުންނަމަވެސް މިފަދަ ކަންކަން ފެނިގެންގޮސްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ