މާލޭގެ ކެފޭއެއްގެ ތެރެއަށް މީހަކު ވަދެ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު މުހައްމަދު ރަޒީން، 49، މ. ސްޓާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Advertisement
މާލޭގެ ކެފޭއެއްގެ ތެރެއަށް މީހަކު ވަދެ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލި ވީޑިއޯ އާއްމުވެފައި ވާއިރު، އެއިން ފެންނަނީ މަގުމަތީ ގައި ހަޅޭލަވަމުން ދިޔަ މީހަކު ކުއްލިއަކަށް ކެފޭތެރެއަށް ވަދެ އެތަނުގައި ހުންނަ ބިދޭސީ މީހާއާ ވާހަކަތަކެއް ދައްކަން ހުރެފައި ކުއްލިއަކަށް ފައިން ޖަހާ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލާ މަންޒަރެވެ. ތަޅާލުމަށް ފަހު ހަޅޭލަވަމުން ނިކުމެގެން ދެ އެވެ.
އޭނާ އެ އަމަލު ހިންގިއިރު އެ ތަނުގައި ސައިބޯން ވެސް މީހުން ތިބެ އެވެ.
މި އަމަލު ހިންގާފައި ވާ މުހައްމަދު ރަޒީން އަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އުމުރުން 49 އަހަރުގެ އެ މީހާ އަކީ ކުރީން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.
އަދި ވައްކަމުގެ މައްސަލައެއް ގައި ވެސް ހައްޔަރު ކުރި އެވެ. ދައުވާކޮށް ޝަރީއަތަށް ސާބިތުވެ ޖަލުގައި ވެސް ގިނަ ދުވަހު ހުއްޓެވެ.
މި ފަހުން މަގުމަތީ ހަޅޭލަވާ މީހުންނަށް އުނދަގޫ ކުރަން އުޅޭ މަންޒަރު ފެނެ އެވެ. އޭނާ އެގޮތަށް އުޅޭތީ އެކި ފަހަރު މަތީން މީހުން ފުލުހަށް ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.
ކެފޭ އެއްގެ ބިއްލޫރި ރެކް ތަޅާލި މީހާ 15 ދުވަހަށް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ