ރައީސް މެލޭޝިއާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި

ރައީސް މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅެކެވެ.
ތަފްސީލް - ރައީސް މެލޭޝިއާއަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު ވަނީ ޕުތްރަޖާޔާގައި އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުރެއްވި ކަންކަމުގެ ތެރޭގައި:
މެލޭޝިއާގައި ކުރިއަށްގެންދިޔަ މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމްގައި ތަގުރީރުކުރެއްވި؛ ރާއްޖޭގައި ހުރި ވިޔަފާރީގެ އާ ފުރުސަތުތަކުގެ ބޭނުން ހިފައި ރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދައުވަތު ދެއްވި
އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވި
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ 'މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން'އަށް 3،000 ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާންކުރެއްވި
ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓްގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވި
މީގެ އިތުރުން، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ (އައިއައިޔޫއެމް)ގެ ފަރާތުން ރައީސަށް 'އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް'ގެ ދާއިރާއިން ޑޮކްޓަ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އެރުވި އެވެ.
ރައީސް ވަނީ އެ ޔުނިވަސިޓީގައި ތަގުރީރެއް ވެސް ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ