މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކޮށްފި
ދިވެހި ދައުލަތުގެ ހުރިހާ ހިދުަތެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު "މޯލްޑިވްސް 2.0" ރޭ އިފުތިތާހުކޮށްފި އެވެ.މިދިޔަ މަހުގެ ފަހުކޮޅު ހުޅުވި ބާސެލޯ ނަސަންދުރައިގައި މިހާރު ބާއްވަމުން އަންނަ ރަސްމިއްޔާތުގައި މޯލްޑިވްސް 2.0 އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ރައީސް މުއިއްޒު ޗެއާ ކުރައްވައި އަދި ޑިޖިޓަލް ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލަކުންނެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓޯނިއާގެ ޑިޖިޓަލް ކައުންސިލްގެ މެމްބަރު އަދި އެސްޓޯނިއާގެ އީ-ގަވަނަންސް އެކަޑަމީގެ ކޯ ފައުންޑަރު ލިނާވިކް ވިދާޅުވީ ރައީސް މުއިއްޒު މިއަހަރު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ފަހަރު މަޝްވަރާ ކުރެއްވި ކަމަށެވެ.ރާއްޖެއާއި އެސްޓޯނިއާ އަކީ ކުޑަ ގައުމަކަށް ވާތީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނެވެނީ ގައުމުތަކާއި ޖަމިއްޔާތަކާ ގުޅިގެން ކަމުގައިވެސް ލިނާވިކް ވިދާޅުވި އެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނައުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެ ސިޔާސަތު ތަންފީޒު ކުރުމުގެ ހިންގުމުގެ ދާއިރާ އިން ބޮޑެތި ބަދަލުތައް ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.ލިނާވިކް ވިދާޅުވީ ރާއްޖެއާއި އެސްޓޯނިއާ އަކީ ސަރުކާރުގެ މައި އޮފީސްތައް ހުންނަ ސަރަހައްދާ ދުރުގައި އެތައް ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށްވާތީ ރަނގަޅު ހިދުމަތްތަކެއް ދިނުމަށްޓަކައި ހިދުމަތްތައް ޑިޖިޓަލްކޮށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް އެންމެންނަށްވެސް ދޭންޖެހޭ ކަމަށެވެ.ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށާއި އެސްޓޯނިއާ އިން ރާއްކެއަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ލިނާވިކް ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދުނިޔޭގައި ޑިޖިޓަލް ދާއިރާ އިން ކުރިއަރާފައިވާ ގައުމުތަކާއި ރާއްޖޭގައި އެ ދާއިރާ އިން ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި އެ ސިޔާސަތު ތަންފީޒު ކުރުން މިރޭ ފެށުނީ ކަމަށެވެ.އިހުސާން ވިދާޅުވިގޮތުގައި ދައުލަތުގެ ހުރިހާ އިދާރާތައް ހިމެނޭ ގޮތަށް ދެ ދުވަހުގެ ސަމިޓެއް ކުރިއަށް ގެންދާނެ އެވެ.ރާއްޖެ ޑިޖިޓަލައިޒް ކުރާނެ ގޮތާ މެދު ފުޅާދާއިރާއެއްގައި އެ ސަމިޓުގައި ބަހުސްކޮށް، ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ނިންާނެ ކަމަށް އިހުސާން ވިދާޅުވި އެވެ."ރާއްޖޭގެ ޑިޖިޓަލް ޓްރާންފޮމޭޝަން އެޖެންޑާއަށް އެއްބަސްވެވިގެންދާނެ [ސަމިޓުގައި]. މާތްﷲ އިރާދަކުރެއްވިއްޔާ ރައީސްގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގެ އަމަަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ،" އިހުސާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ