ނުވަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އަޅަނީ

ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ހިމެނޭހެން ނުވަ ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.ޖުމްލަ 628 މިލިއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ، އާރުޑީސީ، އަދި ފެނަކަ އާ އެވެ. އާރުޑީސީ އަކީ ސަރުކާރުގެ މަގު ހަދާ ކުންފުންޏެވެ. ފެނަކައިން ދެނީ ފެނާއި ކަރަންޓުގެ ހިދުމަތެވެ.އެމްޓީސީސީއާ ހަވާލުކުރީ ހަތަރު ރަށެއްގައި އިމާރާތް އަޅާށެވެ. އެއީ؛- ނ. ފޮއްދޫ ސިއްހީ މަރުކަޒު: 26,878,072.40ރ- ށ. މާއުނގޫދޫ ސިއްހީ މަރުކަޒު: 27,219,325.40ރ- ވ. ފެލިދޫ ހޮސްޕިޓަލް: 105,360,655.93ރ- ތ. ވިލުފުށީ ހޮސްޕިޓަލް: 105,132,701.20ރއެ ރަށްރަށުގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ ވަނީ ސޮއިކުރައްވައިފަ އެވެ.އާރުޑީސީއާ ހަވާލުކުރީ ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅާށެވެ.- ކ. ގާފަރު ސިއްހީ މަރުކަޒު: 26,819,434.82ރ- ހދ. ކުޅުދުއްފުށީގައި ދަމަނަވެށި އިމާރަތްކުރަން: 23,113,061.08ރ- ހދ. ހަނިމާދޫ ހޮސްޕިޓަލް: 104,834,778.55ރ- އދ. މާމިގިލީ ހޮސްޕިޓަލް: 105,004,634.47ރއެ އެއްބަސްވުމުގައި އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހެއިރު އަދި ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް ސޮއިކުރެއްވި އެވެ.ހދ. މަކުނުދޫގައި ސިއްހީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އެ މަޝްރޫއު ހަވާލުކުރީ 103,595,304.83ރ. އަށެވެ.ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނުވަ ރަށް ނިސްބަތްވާ ދާއިރާގެ މަޖިލިސް މެންބަރުންނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.މިއީ ސަރުކާރުގެ ވައުދާ އެއްގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކުރާނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ