ހިޔާ ޕާކް ކައިރީގައި ބިދޭސީއަކަށް ހަމަލާދިން މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޕާކް ކައިރީގައި ބިދޭސީއަކަށް ހަމަލާ ދިން މައްސަލާގައި 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ތަފްސީލް - ރޭ ހިނގި މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
މި މާރާމާރީގައި އަނިޔާވީ އިންޑިއާ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ