މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް މައިޒާންތައް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ މަރާމާތު ކުރުމަށް ބޭނުން ވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރައިވެރިބޭ މައިޒާން އަދި މުއިވެޔޮދޮށު މައިޒާން ކަމަށެވެ.
މި ދެ މައިޒާން މަރާމާތު ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެމަސައްކަތަށް ޝައުގިވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ 3 ވާ ހޯމަ ދުވަހުގެ 11:00 އަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާ އެޑްމިން ސެކްޝަންގެ މީޓިން ރޫމަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނެފައިވަނީ އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށާއި އެ ސިޓީ އުރައިގެ ފަހަތުގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތުގެ ނަމުގެ އިތުރުން އިއުލާނު ނަންބަރު އެނގޭނެހެން އޮންނަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ބުނީ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުން ވާނަމަ މިމަހުގެ 30 ހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކުރުމަށް އެދޭ ކަމަށެވެ.
މާލޭގެ ބައެއް މައިޒާންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ