ރޯލިން ޓޮބޭކޯ ނުވަތަ އޮޅައިގެން ބޯ ދުންފަތް މަނާ ނުކުރަން ނިންމައި، ކަސްޓަސްއިން ހިފެހެއްޓި ޝިޕްމަންޓްތައް ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މި މަހު ކުރީކޮޅު ހެލްތް މިނިސްޓްރީން ކަސްޓަމްސްއަށް އަންގާފައި ވަނީ، ދުންފަތާ ބެހޭ ގާނޫނަށް މި ފަހުން ގެނައި ބަދަލާ އެކީ:
ދުންފަތް އޮޅަން ބޭނުންކުރާ އެކި ސަމާނު ވެސް މަނާވާނެ ކަމަށް ބުނެ، އެ ތަކެތި އެތެރެކޮށްފި ނަމަ އެ ތަކެތި އަތުލުމަށް ކަސްޓަމްސްއަށް އަންގާފައިވޭ
އެއާއެކު، މި މަހުގެ ދެވަނަ ދުވަހު ދުންފަތުގެ ވިޔަފާރިވެރިން ގެނައި އެފަދަ ޝިޕްމަންޓްތައް ކަސްްޓަމްސްއިން ހިފެހެއްޓި؛ އޭގެ ތެރޭގައި، އޮޅުމަށް ބޭނުންކުރާ ދުންފަތާއި އޭގެ ފިލްޓަރު އަދި ޕޭޕަރު ހިމެނޭ
ތަފްސީލު - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި މިހާރު ވަނީ، ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި އެފަދަ ޝިޕްމަންޓްތައް ދޫކޮށްލާފަ އެވެ. އަދި އެ ވިޔަފާރިތަކުން މިހާރު ވަނީ އެތަކެތި ވިއްކަން ފަށައިފަ އެވެ.
ރާއްޖޭއަށް ފުޅާ ދާއިރާގައި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރި ކުރާ ރޫޓް އޮފިޝަލަކު ވެސް މިކަން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
"މި މަހު 2 ވަނަ ދުވަހުގެ ފަހުން އަޅުގަނޑުމެން ގެނައި ތިން ޝިޕްމަންޓެއް ދެ ހަފްތާއެއްހާ ދުވަސް ފަހުން މިހާރު ވަނީ ދޫކޮށްލާފައި. ރޭ ނޫން ކުރީ ރޭ، ކަސްޓަމްސްއިން ގުޅާފައި ބުނީ، މިހާރު އެތަކެތި ދޫކޮށްލުމަށް ނިންމި ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
ދުންފަތާއި ފިލްޓަރު އަދި އޮޅާ ކަރުދާސް ޝިޕްމަންޓް ދޫކުރި ނަމަވެސް ދުންފަތް އޮޅުމަށް ބޭނުން ކުރާ މެޝިން ފަދަ ތަކެތި ކަސްޓަމްސްއިން އަދި ވެސް ވަނީ ހިފަހައްޓާފައި
އެތަކެތި ދޫނުކުރެވޭނެ ކަމަށް ކަސްޓަމްސްއިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި
މިކަމާ ގުޅިގެން ކަސްޓަމްސް އަދި ހެލްތް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ފާހަގަކޮށްލެވޭ - ރޯލިން ޓޮބޭކޯގެ ޝިޕްމަންޓްތައް ދޫކޮށްލުމާ އެކު، ރެއިން ފެށިގެން މިފަދަ ފިހާރަތަކުގެ ކައިރީ ކިއު ހެދި އެވެ. މި ތަކެތި އެ ފިހާރަތަކުން އެކީ ހުސްވެފައިވާތާ ވެސް މިހާރު ތިން ވަރަކަށް ދުވަސް ވެއްޖެ އެވެ.
ރޯލިން ޓޮބޭކޯ މަނާ ނުކުރަން ނިންމައި ޝިޕްމަންޓް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ