ހައްދު ފަހަނަ އަޅާފައިވާ އިޒުރާއީލުުެ ޔަހޫދީން ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަދަސަން އަލް-ކަބީރާ ނޭބަރުހޫޑް ގެ އަބޫ ޙަޔާ އާއިލާ އަށް ނިސްދަތްވާ ގެއަށް އަމާޒުކޮށް ހަމަލާދީ 10 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާދީފައިވަނީ ރައްޖޭގަޑިން 22:40 ކަންހާއިރުއުވެ.
މި ހަމަލާގައި ޝަހީނުވެފައިވަނީ އަބޫ ޙަޔާ އާއިލާގެ 8 މީހުނާއި އަލް-ޤަހްޖީ އާއިލާގެ 2 މީހުނެވެ. މިގެ ތެރޭގައި ކުޑިކުދިން ވެސް ހިމެނެއެވެ. މި ހަމަލާއިން އަބޫ ޙަޔާ އާއިލާއިން ސަލާމަތްވެފައިވަނީ ރީމް އަބޫ ޙަޔާއެވެ.
Advertisement
އަބޫ ޙަޔާ އާއިލާއިން ސަލާމަތްވެފައިވަނީ ރީމް އަބޫ ޙަޔާ
އަދި މީގެ އިތުރުން ހައްދު ފަހަނަ އަޅާފައިވާ އިޒުރާއީލުުެ ޔަހޫދީން އިއްޔެ ހަވީރު ޚަން ޔޫނިސްގެ އިރުމަތީގައި އޮންނަ ތަހްލިޔާ ނޭބަރުހޫޑް ގެ އަބްދުލް ބާސިތު މަޖީދު އަލް-ނައްޖާރު އާއިލާ ގެއަށް އަމާޒުކޮށް ހަމަލާދީ 6 މީހުން ވަނީ ޝަހީދުކޮށްލާފައެވެ
މި ގަތުލުޢާއްމު ފެށުނީއްސުރެ ޣައްޒާގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 40,000 އާ ކައިރިވެފައިވާއިރު، 90,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ޚާން ޔޫނިސްގެ ގެއަކަށް އިސްރާއީލުން ދިން ޙަމަލާއެއްގައި 10 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ