ލޫކަސް އަކީ ރައީސް ނަަޝީދުގެ ވަރަށް ވަފާތެެރި ސަޕޯޓަރެކެވެ. އެމްޑީޕީން ވަކިވީ ނަޝީދުގެ ފިކުރާ އެކު ހުންނެވުމަށެވެ.
ޒުވާން ސިޔާސީ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) އޭނާ ނިސްބަތްވާ ދަ ޑިމޮކްރެޓްސްއާ ދުރަށްދާކަން ހާމަކޮށްފި އެވެ.
ސޯޝަލް މީޑިއާ ގައި ނުފޫޒު ގަދަ ލޫކަސް ދެންމެ ކުރި ޕޯސްޓެއް ގައި ބުނީ ސިޔާސީ ގޮތުން މި ވަގުތު ދަ ޑިމޮކްރެޓްސް ގެ ސިޔާސީ މަސައްކަތާ އެކު ކުރިއަށް ދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.އެހެން ކަމުން ދަ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށެވެ.ލޫކަސް އަކީ ރައީސް ނަަޝީދުގެ ވަރަށް ވަފާތެެރި ސަޕޯޓަރެކެވެ. އެމްޑީޕީން ވަކިވީ ނަޝީދުގެ ފިކުރާ އެކު ހުންނެވުމަށެވެ. ނަމަވެސް މި ފަހުން އޭނާ ގެންދަނީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރާކަން ހާމަކޮށް ރައީސް ޕްރޮމޯޓް ކުުރުމުގެ މަސައްކަތް ކުރަމުންނެވެ.ދިވެހި ތާރީހަށް ފަރިތަ ލިޔުންތެރި ކަމުގައި ވެސް ފާހަގަކޮށްލެވޭ ލޫކަސް އަށް ސަރުކާރުން މަގާމެއް ދީފައިވާ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ސަރުކާރުން އެކަން ރަސްމީއެއް ނުކުރެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކުރިއަށް ދެވޭނެ ކަމަށް ނުފެންނާތީ ލޫކަސް ޑިމޮކްރެޓްސްއާ ދުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ