ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ސްޓެލްކޯގެ ކަރަންޓު ބިލްތަކަށް އަންނަ މަހުގެ ބިލްތަކުން ޑިސްކައުންޓު ދެނީ

ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ކަރަންޓު ބިލްތަކަށް އަންނަ މަހުގެ ބިލްތަކުން ޑިސްކައުންޓު ދިނުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
މިކަމާގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ހަމަޖެހިފައިވާކަމަށެވެ.
ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ނުދީ ބޮޑުކޮށް ފޮނުވި ބިލުތައް ސްޓެލްކޯއިން ވަނީ އަނބުރާ ގެންގޮސްފަ އެވެ. ފަހުމީ މިއަދު ވިދާޅުވީ، ބިލުތައް އިސްލާހުކޮށް، ޑިސްކައުންޓު ހިމެނުމަށްފަހު މިރޭގެ ނިޔަލަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓު ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައި ވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން،" އޭނާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ @MMuizzu ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް…
— Hussain Fahmy (@u09HussainFahmy) May 4, 2024
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ