ހުޅުދޫ އާއި މިލަންދޫގައި މިސްކިތް އިމާރާތް ކުރުމަށް ހަވާލުކޮށްފި އިސްލާމިކް މިނިސްޓަރ މިސްރަށް ފުރާވަޑައިގެންފި މިސްކިތްތައް ބިނާކުރަން ސަރުކާރުންކުރާ މަސައްކަތާ އެއްވަރަށް ކޮންޓްރެކްޓަރުންވެސް މަސައްކަތްކުރަންޖެހޭ- މިނިސްޓަރ އިތުރު ހައްޖާޖީއެއް ނިޔާވެއްޖ

20 ވަނަ ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ޚިދުމަތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހުންނަވާ މަސައްކަތްތައް ކުރައްވާނީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އުސްތާޛު ޔާސީން ނަޢީމް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން، އެބޭފުޅުންގެ ދާއިރާގެ އިސްލާމިކްލ މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށް ގުޅުމަށް އެ މިނިސްޓްރީގައި އެކަމަށް ޚާއްޞަ މަންދޫބެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ބޭންވާ ހުރިހާ ޚިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެވޭނެ ކަމަށާ ރައީސްގެ އިރުޝާދަކީ ރައްޔިތުންނަށް އަވަސްޚިދުމަތް ދިނުން ކަމަށެވެ.
އަދި މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމުން އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ ކަބް ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ ޕާޓީތަށް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ޚިދުމަތް ދެވޭނެ ކަމަށެވެ.
މިނިސްޓަރު އެހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވެސް ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަސް އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތު ނުކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުން އިތުބާރާއި ދެއްވި ތާއިދާއެކު ދެން އޮތީ އެެތައް ގުނައަކަށް ވުރެ މައްޗަށް ސްޕީޑް އަވަސްކޮޮށް ރައްޔިތުން އެދޭ ތަރައްގީ މި ގައުމަށް ގެެނެސްދިނުުމުގެ މަސައްކަތް ފެށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ