މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)  އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ. މެޓުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ 11:30 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ފުވައްލުމައް ސިޓީއާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
މެޓުން ބުނީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ފާހަގަ ކުރަމުންދާ މިނިވަން ދުވަހާއި ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ސިފައިންގެ ޝަރަފްވެރި ހިނގާލުން ވެސް ވަނީ އެހެން ތާރީހަކަށް ފަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ