އަލް ހިލާލް ބަލިކޮށް ފްލުމިނެންސޭ ކްލަބް ވޯލްޑް ކަޕް ސެމީ އަށް އަލް ހިލާލް ބަލިކޮށް ފްލުމިނެންސޭ ކްލަބް ވޯލްޑް ކަޕް ސެމީ އަށް

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލް 2-1 އިން ބަލިކޮށް ބްރެޒިލްގެ ފްލުމިނެންސޭ އިން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެެވެ.
މި މެޗު ފެށުމުގެ ކުރިން ދާދި ފަހުން، ކާރު އެކްސިޑެންޓެއްގައި މަރުވި، ލިވަޕޫލްގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާގެ ހަނދާނުގައި ސުކޫތެއް ގެނަ އެވެ. އަދި އެ ވަގުތުގައި ޖޮޓާއާ އެކު ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު އަލް ހިިލާލް ޓީމުގެ ޖާއޯ ކަންސޭލޯ އާއި ރުބެން ނެވޭސް ލޮލުން ކަރުނަ އޮހުނެވެ.
އޯލާންޑޭގެ ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ލީޑުނެގީ ފްލުމިނެންސޭ އިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ 40 ވަނަ މިނިޓްގައި، މަތިއުސް މާޓިނެލީ އެެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ އަލް ހިލާލް އިން ވަނީ އެއްވަަރުކޮށްފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، ކަލީދޫ ކުލިބާލީ ދިން ބޯޅައަކުން މާކަސް ލިއޮނާޑޯ އެވެ.
ފްލުމިނެންސޭ އިން މެޗުން މޮޅުވީ 71 ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ. މި ގޯލު ކާމިޔާބުކުރީ ސަމިއުލް ޒަވިއޭ ދިން ބޯޅައަކުން، ބަދަލަކަށް ކުޅެން އެރި ހާކިއުލެސް ޖެހި ގޯލުންނެވެ.
ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު، ތިއާގޯ ސިލްވާ، 40، ގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ ފްލުމިނެންސޭ އިން ސެމީ ފައިނަލުގަައި ކުޅެން ޖެހޭނީ، ކުއާޓާ ފައިނަލުގައި ޗެލްސީ އާއި ޕަލްމެއިރާސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ