މެންޗެސްޓާ (ޖުލައި 18) - ބްރެންޓްފޯޑަށް ކުޅެމުން އަންނަ ކެމަރޫން ގައުމީ ޓީމުގެ ފޯވާޑް، ބްރަޔާން އެމްބުއޭމޯ ވިއްކާލަން އެ ކްލަބުން ކިޔާ އަގުދީފައި އެ ޑީލް ނިންމަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ އެމްބުއޭމޯ ގަންނަން ޔުނައިޓެޑުން ފުރަތަމަ ކުރި ދެ ބިޑް ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ޔުނައިޓެޑުން ފުރަތަމަ ކުރި 75 މިލިއަން ޑޮލަރުގެ ބިޑު ބްރެންޓްފޯޑުން އަނބުރާ ފޮނުވާލިއިިރު، ދެ ވަނަ އަށް ކުރި ބިޑްގެ އަގަކީ، 81 މިލިއަން ޑޮލަރު އެވެ.
މި ފަަހަރު، އެމްބުއޭމޯ ގަންނަން ޔުނައިޓެޑުން ކުރި ބިޑްގެ އަގު އުޅެނީ، 80 މިލިއަން ޑޮލަރުގަ އެވެ. އަދި، އެމްބުއޭމޯ، ޔުނައިޓެޑުގައި ހުރެ ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު ފަސް މިލިއަން ޑޮލަރު ދައްކާނެ އެވެ.
ބްރެންޓްފޯޑާ އެކު، އެމްބުއޭމޯގެ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތްއިރު، ނިމިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް 20 ގޯލު ޖަހައިދީ އަށް ގޯލު ޖަހަން ފުރުސަތު ހޯދައިދިނެވެ. މިއީ، އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ.
ފްރާންސުގެ ޓްރޮއީސް އިން 2019، ގައި ބްރެންޓްފޯޑާ ގުޅުނު އެމްބުއޭމޯ އަކީ އެ ކްލަބުގައި މިހާރު ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމް އެ ކްލަބްގެ މެނޭޖްމަންޓްގައި އެދިފައިވަނީ، އަންނަ އަންގާރަ ދުވަހު އެމެރިކާ ޓުއާ އަށް ދާއިރު، އޭގައި އެމްބުއޭމޯ އަށް ބައިވެރިވެވޭ ގޮތަށް ޑީލް ކުރިއަށްގެންދިއުމަށެވެ.
ބްރެންޓްފޯޑުން ބުނި އަގުދީފައި އެމްބުއޭމޯ ގަންނަން ޔުނައިޓެޑުން ނިންމައިފި ބްރެންޓްފޯޑުން ބުނި އަގުދީފައި އެމްބުއޭމޯ ގަންނަން ޔުނައިޓެޑުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ