އަޖޭގެ ފިލްމު 'ރެއިޑް 2' ނެޓްފްލިކްސްއަށް
މި އަހަރުތެރޭ ރިލީޒްވި ފިލްމުތަކުގެތެރެއިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑް 2" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ. އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ ބަތަލާ ވާނީ ކަޕޫރު، ރިތޭޝް ދޭޝްމުކް، ސޯރަބް ޝުކްލާ، ރަޖަތު ކަޕޫރު، ސުޕްރިޔާ ޕަތަކް އަދި އަމިތު ސިއަލް މުހިއްމު ރޯލްތަކުން ފެންނާނެ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގައި ރިތޭޝް އާއި އަޖޭގެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ބެލުންތެރިން ތަޖުރިބާ ކުރާނެއެވެ. ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމަކީ 2018 ވަނަ އަހަރު ޑައިރެކްޓަރު ރާޖް ގުޕްތާ ގެނެސްދިން ފިލްމު "ރެއިޑް"ގެ ސީކުއަލްއެކެވެ. ފިލްމު "ރެއިޑް 2"ގެ ލީޑް ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ވާނީ ކަޕޫރު އަދި ރިތޭޝް ދޭޝްމުކް--ފޮޓޯ/ބޮލީވުޑްހަންގާާމާ ދެ ފިލްމަކީ ވެސް ޓެކުހަށް މަކަރުހަދާ މީހުން އަތުލައިގަނެ އެ މީހުންގެ ބައިތުލް މާލުގައި ހުންނަ މުދާތައް ރެއިޑްކޮށް އެކަމަށް ބޭނުންވާ ހެކިތައް ހޯދުމުގައި އިންކަމް ޓެކްސް އޮފިސަރަކު އޭނާގެ ޓީމާ ގުޅިގެން ކުރާ މަސައްކަތް ދައްކުވައިދޭ ދެ ފިލްމެވެ. މި ފިލްމު ރިލީޒްކުރުމަށްފަހު ފިލްމު ސިނަމާތަކުން ނެގިއިރު ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 243.06 ކްރޯޑު ރުޕީސް (28.2މިލިއަން ޑޮލަރަ)ށް އަރައެވެ. މި ފިލްމުގައި ބަތަލާ ވާނީ ކަޕޫރު ކުޅެފައިވާ ރޯލް ފުރަތަމަ ފިލްމުގައި ކުޅުނީ ބަތަލާ އިލިއާނާ ޑިކްރޫޒްއެވެ. ދެވަނަ ފިލްމުން ވެސް ބަތަލާއަށް ފުރުސަތު ލިބުނުކަމަށް ދާދިފަހުން އިލިއާނާ ބުނެފައިވާއިރު "ރެއިޑް 2"އިން ލިބުނު ފުރުސަތު ދޫކޮށްލީ ބަތަލާ ދެ ވަނަ ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެންނެވެ. މި ފިލްމަކީ މި އަހަރު މިހާތަނަށް ރިލީޒްވި އަޖޭގެ ދެ ވަނަ ފިލްމެވެ. މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "އާޒާދު"ގެ ހާއްސަ ރޯލަކުން ފެނުނު އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 11ގައި ރިލީޒްކުރާ ފިލްމު "ސަން އޮފް ސަރުދާރު 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ