މީޑިއާނެޓުގެ އެމްޓީވީ ކޮމްބޯ ޕެކޭޖެއް އެންމެ 80ރ. އަށް ގަނެގެން ފޯނު މެދުވެރިކޮށް ފަސޭހަކަމާއެކު މުނިފޫހިފިލުވޭނެ ފުުސަތު ހުޅުވާލައިފި އެވެ.
މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ފޯނުން މީޑިއާނެޓްގެ ޗެނަލްތަކުން ދައްކާ ކޮންޓެންޓާއި އެ ނޫން ވެސް މުނިފޫހިފިލުވޭ ފަދަ ކޮންޓެންޓުތައް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.
މިގޮތުން އެމްޓީވީ ކޮމްބޯ ޕެކޭޖްގެ ދަށުން މީޑިއާނެޓްގެ ވީޑިއާ ކްލަބާއި މީޑިއާނެޓްގެ ލައިބްރަރީއަށް ވަދެވި، އޭގައި ހުރި ކޮންޓެންޓުތައް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެއިތުރުން މީޑިއާނެޓް އޮރިޖިނަލްސް ތެރޭގައި ހިމެނޭ "ހިނދުކޮޅު"، "ދަރަކަ" އަދި ހައްޔަރު" ފަދަ ދިވެހި ސީރީޒްތަކުގެ ހުރިހާ އެޕިސޯޑެއް ވެސް ކަސްޓަމަރުންނަށް ބަލައިލެވޭނެ އެވެ.
މީޑިއާނެޓުން ހުޅުވައިލި މި ހާއްސަ އޮފާއާއެކު ޓީވީތަކުން ކޮންޓެންޓުތައް ބެލުމުގެ ބަދަލުގައި ފޯނުން ހަމަޖެހިލައިގެން އޮވެ ކޮންޓެންޓުތައް ބަލައިލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
މީޑިއާނެޓް އެމްޓީވީ ކޮމްބޯ ޕެކޭޖެއް އެންމެ 80ރ. އަށް މީޑިއާނެޓް އެމްޓީވީ ކޮމްބޯ ޕެކޭޖެއް އެންމެ 80ރ. އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ