ސައްހަ ނޫން ޓްރާންސްފާ ސްލިޕްތަކެއް ބޭނުންކޮށްގެން، މީގެ ކުރިން އެތައް ފަހަރަކު ވިޔަފާރި ކުރި ދެ މީހުން ހައްޔަރުކުރުމަށް ފަހު އަނެއްކާވެސް ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ފޭކު ސްލިޕްތަކެއް ބޭނުންކޮށްގެން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި، ޒައިދާން މުހައްމަދު ހާޝިމް، 28، އާއި އޭނާގެ ބަންގްލަދޭޝް ޕާޓްނަރު އަފްރިން އަކްތަރު، 30 އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި:
އެ މީހުން ހައްޔަރު ކުރީ، މިދިޔަ މޭ މަހުގެ ތެރޭގައި އެކި ދުވަސްތައް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ފޭކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކޮށްގެން
އިތުރަށް ބެލިއިރު، މާލެ އާއި ހުޅުމާލޭގެ އިތުރު ފިހާރަތަކުން ވެސް އެ މީހުން ވަނީ ހަމަ މިގޮތަށް ވިޔަފާރިކޮށްފައި
ފޭކު ސްލިޕް ބޭނުންކޮށްގެން ގަނެފައިވާ މުދާ، ހާޝިމް ކުއްޔަށް ހިފާފައި ހުންނަ ހިޔާ ފްލެޓަށް ވައްދާ މަންޒަރު، ސީސީޓީވީއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނޭ
މި ދެ މީހުން ވަނީ މީގެ ކުރިން ވެސް މަކަރާ ހީލަތުން މި ފަދަ ގިނަ ވިޔަފާރިތަކެއްކޮށްފައި، އަދި ދޭތެރެއަކުން ފުލުހުން މި މީހުން ހޯދަން ވެސް އިއުލާންކުރޭ
ތަފްސީލް - މި މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކުރުމުން، ބަންދުގެ މުއްދަތުގެ ގޮތުގައި އޭރު ކްރިމިނަލް ކޯޓުން ވަނީ ހާޝިމަށް 15 ދުވަސް އަދި އޭނާގެ އެކުވެރިޔާއަށް ފަސް ދުވަސް ޖަހާފަ އެވެ.
"[އެކަމަކު] މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ،" ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ:
ފޭކު ސްލިޕް ފޮނުވައިގެން ވިޔަފާރިކޮށްގެން ހޯދި 80،000އަށް ވުރެ ގިނަ ރުފިޔާ ހޯދައި އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް
އެއީ އެކި ފިހާރަތަކުން ނެގި މުދަލަށްވާ ފައިސާ ކަމަށް ފުލުހުން ބުނޭ
ފޭކު ސްލިޕް ބޭނުންކޮށްގެން އެތައް ވިޔަފާރިއެއް، އެކަމަކު މި ފަހަރު ވެސް ދޫކޮށްލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ