ރިޓަޔާކުރެއްވި ޒަކަރިއްޔާ މަންސޫރަށް އަދިވެސް މަހަކު 51،000 ރުފިޔާ ލިބޭ!

ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވުމަށް ފަހު ވެސް ނެޝެނަލް ކައުންޓާ ޓެރަރިޒަަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް މިހާރު ވެސް މަހަކު 51،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާކަން ހާމަވެއްޖެއެވެ.
ސިފައިން ގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށްފަހު މިދިޔަ ޑިސެމްބަރު 9 ވަނަ ދުވަހު މަންސޫރު ވަނީ ސިފައިން ގޭގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފައެވެ.
ރިޓަޔާކުރެއްވުމުގެ ކުރިން ޒަކަރިއްޔާ މަންސޫރަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 57،032 ރުފިޔާ ލިބިވަޑައިގެންނެވިއިރު ޒަކަރިއްޔާ މަންސޫރު ސިފައިންގެއިން ރިޓަޔާކުރެއްވުމާ ގުޅިގެން އެއް ފަހަރާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ.
ޒަކަރިއްޔާ މަންސޫރު ރިޓަޔާކުރެއްވުމާ ގުޅިގެން ކޮންމެ މަހަކު ވެސް މަންސޫރަށް 20،430 ރުފިޔާ ލިބިވަޑައިގަންނަވާއިރު އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ޖުމްލަ 31،300 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތާއި ގުޅިލެއްވީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ. އެވީ ދިގު މުއްދަތުގައި އޭނާ ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ