އައްޑޫ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރު އެމްޑީޕީއަށް!

އައްޑޫ ސިޓީ ކައުންސިލްގެ ފޭދު މާދެލަ ދާއިރާގެ މެމްބަރު މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ޕީޕީއެމް މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުރި ފައިސަލް އެމްޑީޕީއަށް ސޮއި ކުރީ މިއަދުގެ ވަގުތެއްގައި މުލިއާގޭގައެވެ. ރައީސް އިބްރާހީމް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެ ހާޒިރުގައި ފައިސަލް ވަނީ މެމްބަރޝިޕް ފޯމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއި ހަވާލުކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ޖުމްލަ 13 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން 3 މެމްބަރުންނަކީ ޕީޕީއެމް މެމްބަރުންނެވެ. 6 އެމްޑީޕީ މެމްބަރުން ތިއްބަވާއިރު މިނިވަން ތިން މެމްބަރުން ތިއްބަވައެވެ.
އައްޑޫ ސިޓީއަކީ ޒަމާނުއްސުރެ އެމްޑީޕީއަށް ތާއީދު ބޮޑު ސިޓީއެކެވެ. އެމްޑީޕީގެ އެންމެ ގިނަ މެމްބަރުން ނިސްބަތްވަނީވެސް އައްޑޫ ސިޓީއަށެވެ. އެހެން ނަމަވެސް މިހާރު އެ ޕާޓީއަށް އޮތް ތާއީދު ދަނީ ވަރަށް ބޮޑަށް ފަނޑުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ