މިހާރަކަށް އައިސް އަޅުގަނޑުމެންނަށް އެންމެ ގިނައިން ކުރެވޭ ކަމަކީ ހިތާމަތަކާއި ކަންބޮޑުވުންތައް ކުރިމަތިވަމުން އަންނަ ކަމުގެ ވާހަކަތައް ދެއްކުމެވެ. އެކަމުގެ ވާހަކަ ސޯޝަލްމީޑިއާގައި ފެތުރުމެވެ. އެހެނަސް ކިތަންމެ ގިނައިން ކިޔައިދިނަސް، ސޯޝަލް މީޑިއާގައި ހާމަކުރިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ ލިޔެއް ނުވަތަ ޙައްލެއް ނުލިބޭނެއެވެ.
ގޮތްބަލަން ނަމަވެސް ހެނދުނާއި ހަވީރު 7 ފަހަރު ނިކަން މިފަދައިން ޛިކުރުކޮށްލައިބަލާށެވެ! އިން ޝާ ﷲ ތިމާއަށް ހިތްހަމަޖެހުން ދެއްވަވައި ތަކްލީފްތައްވެސް ލުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
"ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެކަލާނގެ މެނުވީ (ޙައްޤު ވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލް ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ ޢަރުޝް ގެ ވެރިރަސްކަލާނގެއެވެ." (އައްތައުބާ: 129)
اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
Abu al-Darda said: if anyone says seven times morning and evening; “Allah sufficeth me: there is no god but He; on him is my trust- he, the Lord of the Throne (of glory) Supreme”, Allah will be sufficient for him against anything which grieves him, whether he is true or false in (repeating) them.
Abu Dawud, hadith number 5081
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހެނދުނާ ހަވީރު މިޛިކުރުކުރާ މީހަކު އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެން އުފަލުގަ- އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ