އަންނަ މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ރަންވީރު ސިންގް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސާކަސް" ގައި ރަންވީރުގެ އަންހެނުން އަދި ބަތަލާ ދިޕިކާ ޕަޑްކޯންގެ ޚާއްސަ ލަވައެއް ހިމެނެއެވެ. މި ލަވަ މިހާރު ވަނީ ރިލީޒްވެސް ކޮށްފައެވެ. ޗާޓްތަކުގެ ކުރީގައި މިހާރު އޮތް މި ލަވައަކީ "ކަރަން ލަގާ" އެވެ.
މިލަވައާމެދު މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ މިއީ ދެކުނު ތަރި އައްލޫ އަރުޖުން ފިލްމު "ބްލޮކްސްބާސްޓާ" ގެ ޓައިޓުލް ޓްރެކްގެ ކޮޕީއެއް ކަމަށެވެ.
"ކަރަންޓް ލަގާ" އަކީ ކޮޕީއެއް ކަމަށް ބުނެ މީހަކު ވަނީ ސޯޝަލް މީޑިއާގައި ދެ ޓްރެކްވެސް އާންމުކޮށްފައެވެ. ބައެއް މީހުން ބުނާގޮތުގައި ދެ ލަވަ ހަމަ ހުރިހާ ގޮތަކުންވެސް އެއްގޮތެވެ. ސޯޝަލް މީޑިއާގައި ޓްރެކްތައް އާންމުވުމާއިއެކު އާންމުން އަންނަނީ މިކަމަށް ފާޑުކިޔަމުންނެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތުގެ ޝެޓީގެ މި ފިލްމަކީ މަޝްހޫރު އިނގިރޭސި ނޮވެލިސްޓް ޝޭކްސްޕެއާގެ ފްލޭއެއް ކަމަށްވާ "ކޮމެޑީ އެރާސް" އަށް ބިނާކޮށް އުފައްދާފައިވާ ޕީރިއަޑް ކޮމެޑީ ފިލްމެކެވެ. "ސާކަސް" ގައި ރަންވީރު އާއި ވަރުން ފެންނާނޫ ޑަބަލް ރޯލުތަކުންނެވެ.
އަންނަ މަހުގެ 23 ގައި ބެލުންތެރިންނަށް ދޫކޮށްލާ މި ފިލްމުގެ ބަތަލާއިންނަކީ ޖެކްލީން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ އެވެ. "ސާކަސް" ގެ ކާސްޓުން ޖޯނީ ލީވާ، ސަންޖޭ މިޝްރާ، މުކޭޝް ތިވާރީ، މުރާލީ ޝަރުމާ، ސިދާތާ ޔާދަވް އަދި ޓިކޫ ތަލްސާނިއާ ފަދަ ފަންނާނުން ފެންނާނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނާއި ރޯހިތުގެ ފެވަރިޓް އަދި ގާތް އެކުވެރިޔާ އަޖޭ ދޭވްގަން ވެސް ފެންނާނެއެވެ.
"ސާކަސް" އަކީ މި އަހަރު ރިލީޒްކުރި "ޖަޔޭޝްބާއީ ޖޯރުދާރު" އަށް ފަހު ރިލީޒްވާ ރަންވީރުގެ ދެވަނަ ފިލްމެވެ. ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ "ސޫރިއަވަންޝީ" އެވެ.
ރަންވީރާއި ދީޕިކާގެ "ކަރަންޓް ލަގާ" އަކީ ކޮޕީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ