36 އަހަރު ފުނަދޫ ރައްޔިތުން ހިންގި އިންޖީނުގެ ފެނަކައާ ހަވާލު ކޮށްފި

ށ.ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ހަވާލު ކޮށްފިއެވެ.
‏އިންޖީނުގެ ހަވާލު ކުރުމަށް ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ
ފެނަކަ ކޯޕަރޭޝަނުން ބުނީ، މިއީ ރަށްރަށުގައި އެ ކޯޕަރޭޝަނުން ދެމުންދާ ދެމެހެއްޓެނިވި ފުރިހަމަ ޒަމާނީ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ. މިއާއެކު، ށ އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ހިދުމަތުގެ އިންގިލާބީ ބަދަލު ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
އެގޮތުން ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖެނެރޭޓަރު މިހާރު ވަނީ އެ ރަށަށް ގެންގޮސްފައި ކަަމަށާއި އެ ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ