ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެއްލުވާލައިފިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށައަޅާފައިވާ މައްސަލައިގައި، އިޓްލޮސް އިން ނިންމި ނިމުން ގަބޫލުކުރުމަށް ދެކޮޅު ހަދައި އިދިކޮޅު ފަރާތްތަކުން ވަނީ އިއްތިހާދެއްވެސް އެކުލަވާފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިޖެކަމަށް ވިދާޅުވެ، އެ ސަރަހައްދު ހޯދުމަށް ކުރެވެން ހުރި ކަންކަން ރައްޔިތުންނާއި ހިއްސާކުރުމަށް އިިދިކޮޅު ފަރާތްތަކުން “ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިއްޖެކަމަށެވެ.
އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި މީގެ ކުރިން އޮތް ސަރަހައްދުން 45،000 އަކަ ކިލޯމީޓަރ މޮރިޝަސްއަށް އެހެން ތިން ވަނަ ގައުމަކުން ބާރު އަޅައިގެން ލިބިއްޖެކަމަށާއި، ރާއްޖޭގެ ސަރުކާރުން ހުރިހާ މަސްވެރިންގެ ހައްގުތައް ދޫކޮށްލުމަށްފަހު، މޮރިޝަސްއަށް ކަނޑު ހަވާލުކޮށްފައިވާކަމަށް އުމަރު ވިދާޅުވިއެވެ.
ކޮންމެ ބަޔަކު ވެރިކަމުގައި އޮތް ނަމަވެސް މި މައްސަލަ ނިމިގެންދާނީ މިހެންކަމަށް ސަރުކާރުން ބުނާތީ، ރައްދުދެއްވާ އުމަރު ވިދާޅުވީ، ފުރަތަމަ ތަފާތަކީ ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު މި މައްސަލައިގައި ފުށުއަރާ ކަނޑުގެ ސަރަހައްދަކީ، އެއީ މޮރިޝަސްގެ ސަރަހައްދެއްކަމަށް ގަބޫލުކޮށްފައި ނެތުންކަމަށެވެ. ނަމަވެސް މި ސަރުކާރުން އިޓްލޮސްގައި މި މައްސަލަ ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ސިޓީއެއް ފޮނުވާ، އެ ކަނޑަކީ މޮރިޝަސްގެ ކަނޑެއްގެ ގޮތުގައި ނިންމާފައިވާކަމަށް އުމަރު ވިދާޅުވިއެވެ.
ކޮންމެ ގޮތަކަށް އިޓްލޮސްއިން މައްސަލައިގައި ހުކުމްކުރި ނަމަވެސް، އެކަމާއި ދެކޮޅު ހަދާ، ހުކުމް ގަބޫލުނުކުރުމުގެ ހައްގު ރާއްޖެއަށް އޮތްކަމަށާއި، އަދި އިޓްލޮސްގެ އެތައް ނިންމުމެއް ސަރުކާރުތަކުން ގަބޫލުނުކޮށްގެން ބާއްވާފައި އެބައޮތްކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މި ގައުމުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލްކުރަނީ އެހެން ގައުމަކުންކަމަށެވެ. އެހެން ގައުމުތަކުގެ ސިފައިންވެސް ރާއްޖޭގައި އެބަތިބިކަމަށް އުމަރު ވިދާޅުވިއެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްނޫންކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ދައްކުވައިދޭކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ސާލިހު ވަނީ ރާއްޖޭގެ ހުރިހާ ވެރިން ނަގަހައްޓަމުން އައި ސިޔާސަތެއް އެހެން ގައުމެއްގެ ނުފޫޒުގައި ޖެހި ދޫކޮށްލައްވާފައިކަމަށެވެ. ޗާގޯސްއަކީ ހަގީގަތުގައި ދިވެހިންގެ ތަނެއްކަން މިހާރު ސާފުވެއްޖެކަމަށާއި، އެހެންކަމުން މިތަން ދޫކޮށްލައިގެން ނުވާނެކަން ދިވެހިންނަށް އެނގޭކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ރައީސް ސާލިހު ގެއްލުވާލައިފި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ