ކޫލް ސްކޫލް ޕްރޮޖެކްޓް ލަސްވަނީ ގިނަ ސްކޫލްތަކުގައި ކަރަންޓު ވިއުގަ ބާވެފައި ހުރުމުން: ޝަފީއު

ޑރ. އިސްމާއިލް ޝަފީއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މީގެ އިތުރުން މި މަސައްކަތް ނިންމުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ސްކޫލްތަކުގެ ކަރަންޓު ވިއުގަ ހުރި ގޮތްކަން ފާހަގަކުރައްވާ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް، އޭސީތައް ހިންގޭ ފަދަ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
"އަޅުގަނޑު ހިތުން ރާއްޖޭގެ ބައެއް ސްކޫލްތަކަކީ 45 އަހަރު 35 އަހަރު ވެފަ ހުރި ސްކޫލްތައް. ސިންގަލް ފޭސް ކަރަންޓް މިހުރީ،" ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ