އޮމަދޫ ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފި

ތ. އޮމަދޫ ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް ކަމަށެވެ.
ތިމަރަފުށީ ޕޮލިހާއި އޮމަދޫ ޕޮލިސް ގުޅިގެން އިއްޔެ ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ "ސައިބަރ ކުރައިމް އެންޑް ސޯޝަލް މީޑިއާ އެވެއާނެސް އަދި އެންޓި ބުލީންގ” އާ ގުޅޭގޮތުންނެވެ.
މި ސެޝަންތަކުގައި ސައިބާ ކުރައިމްގެ މައްސަލަތައް ކިޔައިދީ އަދި އެފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބެވޭނެ ގޮތްތައް ކިޔައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރާނަމަ ދަރިވަރުން ހާއްސަ ގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ސޯޝަލް މީޑިއާއިން ބައްދަލުވާ މީހުންނާ ވާހަކަނުދެއްކުމަށާއި ޒާތީ މައުލޫމާތާއި ފޮޓޯފަދަ ތަކެތި ހިއްސާނުކުރުމަށްވެސް މި ސެޝަންތަކުގައި ކިޔާދީފައިވެ އެވެ.
މީގެއިތުރުން ފުލުހުން ބުނީ ގަނާކުރުމުން ދުރުހެލިވެތިބުމަށާއި ސުކޫލުގައި ވިޔަސް އަދި އެހެން ތަނެއްގައި ވިޔަސް އެއްކުއްޖަކު އަނެއް ކުއްޖަކަށް ގަނާ ނުކުރުމަށާއި، އެކަމުގެ ސަބަބުން ދިމާވާނެ ނޭދެވޭ ކަންކަން ކިޔައިދީފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް މައުލޫއާ ގުޅޭގޮތުން އެކި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ