ރާޖްކުމާރު ހިރާނީގެ ފިލްމަކުން ފުރުސަތު ލިބުނީތީ އުފާކުރަން: ވިކްރާންތު
މި އަންނަ މަހު ޖިއޯ ހޮޓް ސްޓާ މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ވެބް ސީރީސް "ޕްރިތަމް އެންޑް ޕެޑްރޯ"ގައި މަސައްކަތްކުރަން ލިބުނު ފުރުސަތާމެދު އުފާކުރާ ކަމަށް އެކްޓަރު ވިކްރާންތު މަސޭ ބުނެފިއެވެ. ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު ވިކްރާންތު ބުނި ގޮތުގައި، އަބަދުވެސް އާދައިގެ، މަޑުމައިތިރި އަވަށްޓެރި ކުއްޖެއްގެ ރޯލުތައް ކުޅެން ޖެހުމުން އޭނާ ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. އެހެންކަމުން، އަވިނާޝް އަރުން ޑައިރެކްޓްކުރާ "ޕްރީތަމް އެންޑް ޕެޑްރޯ"އިން ތަފާތު ކެރެކްޓައެއް ކުޅެން ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. މި ސީރީޒާ މެދު އަހަރެން ވަރަށް ބޮޑަށް އުފާކުރަން. އަބަދު ރަށު ކުއްޖެއްގެ ނުވަތަ އާދައިގެ ސިފައެއް ހުންނަ މީހެއްގެ ރޯލު ކުޅެން ޖެހުމުން އަހަރެން ހުރީ ފޫހިވެފައި. އެކަމަކު މިފަހަރު 'އެންޓި-ހީރޯ'އެއްގެ ރޯލު ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" މި ކްރައިމް-ކޮމެޑީ ސީރީޒްގެ ޓްރެއިލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވިކްރާންތު ބުނެފައިވެއެވެ. ވެބް ސީރީސް "ޕްރިތަމް އެންޑް ޕެޑްރޯ"ގެ ޓްރެއިލާ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި އެ ސީރީސްގެ މުހިއްމު ތަރިން ކަމަށްވާ އަރުޝަދު ވާރްސީ، ވީރް ހިރާނީ އަދި ވިކްރާންތު މަސޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާ ވިކްރާންތު އިތުރަށް ބުނީ، އެންމެންވެސް ބުނާ ފަދައިން، ރާޖްކުމާރު ހިރާނީގެ ފިލްމީ ދުނިޔޭގެ ކުޑަ މަންޒަރަކުން ފެނިލަން ލިބުމަކީވެސް ކެރިއަރަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ހިރާނީގެ ފިލްމުތަކުގައި ފެންނަ ނުބައިބައި ކެރެކްޓަތަކަކީ އާދައިގެ ގޮތަކަށް ފެންނަ ބައެއް ނޫނެވެ. އަދި ވިކްރާންތު މި ވެބް ސީރީސްގައި ކުޅޭ 'މާޓިން'ގެ ރޯލަކީވެސް ހަމަ އެފަދަ ތަފާތު ރޯލެއް ކަމަށް އެކްޓަރު ބުނެފައިވެއެވެ. މި ސީރީޒާ ބެހޭގޮތުން ވާހަކަ ދައްކަމުން މަސޭ ބުނީ، 'ޕްރީތަމް އެންޑް ޕެޑްރޯ' އަކީ މިއަދުގެ މުޖުތަމައާ ވަރަށް ބޮޑަށް ގުޅުންހުރި މުހިންމު މައުޟޫއަކަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. އަދި އޭނާއާއި އޭނާގެ އަންހެނުންނަކީވެސް ސައިބަ ކްރައިމްގެ ހާދިސާތަކުގެ ޝިކާރައަކަށް ވެފައިވާ ބައެއް ކަމުން ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން "ޕްރިތަމް އެންޑް ޕެޑްރޯ"ގައި މަސައްކަތްކުރިއިރު ދަސްވި ކަމަށް ވިކްރާންތު ވަނީ ބުނެފައެވެ. މި އަންނަ މަހުގެ ތިން ވަނަ ދުވަހު ޕްރީމިއާކުރާ "ޕްރިތަމް އެންޑް ޕެޑްރޯ"ގެ ޕްރޮޑިއުސަރަކީ ރާޖްކުމާރު ހިރާނީއެވެ. ހިރާނީގެ ދަރިފުޅު ވީރް ހިރާނީ ފިލްމީ ދާއިރާއަށް ތައާރަފްވާ މި ވެބް ސީރީސްގެ މުހިއްމު ރޯލްތަކުން އެކްޓަރު އަރުޝަދު ވާރްސީ އަދި ބަތަލާ މޯނާ ސިންގް ވެސް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ