މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތިންވަނަ ފްލައިޓުގައި 250 މީހުން ސަޢޫދިއާ އެއާލައިންގައި ވަނީ ފުރާފައެވެ.
ދިވެހިރާއްޖެއަށް މިއަހަރުވެސް ރަސްމީ ކޯޓާގައި 1000 ކޯޓާ ވަނީ ލިބިފައެވެ. ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިޔުމަށް 4 ފްލައިޓެއް ބާއްވާނެއެވެ. އެއީ، ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާފައިވާއިރު، ދެވަނަ ފްލައިޓު ފުރާފައިވަނީ 17 ވަނަ ދުވަހުއެވެ. މިއަދު ތިންވަނަ ފްލައިޓު ފުރާފައިވަނީ ފަހު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ފުރަތަމަ ފްލައިޓުގައި 238 މީހުން ވަނީ ފުރާފައިވެއެވެ. މިމަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި 260 ޙައްޖުވެރިން ފުރާފައިވެއެވެ. މިމަހުގެ 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 252 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތިންވަނަ ފްލައިޓުގައި 250 މީހުން ސަޢޫދިއާ އެއާލައިންގައި ވަނީ ފުރާފައިވަނީ މިއަދު މެންދުރު ފަހު 15:25 ހާއިރުއެވެ. އަދި މި ފްލައިޓު ޖިއްދާއަށް ދެވޭނެ ކަމަށް ބެލެނެވީ ރާއްޖެ ގަޑިން މިރޭ 8:30 ހާއިރުއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުވެރިން ފުރަން އޮންނަ ދުވަހުގެ ކުރިން އެމީހުންގެ ފޮށިތައް ނަގާ ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް ޚާއްސަ ކޮށްގެން ބަސް ދަތުރުތައް ބާއްވާކަންވެސް ފާހަގަކޮށްލެވެއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން، ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ކަނޑައެޅިފައިވާ ބަސް ރޫޓުތަކުގެ ދަތުރުތައް ބާއްވައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް މައްކާ ރޫޓުގެ ޚިދުމަތް ލިބެއެވެ. މިއާއެކު ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ގިނަ ވަގުތު ހޭދަނުކޮށް ހޮޓަލަށް ދިޔުމުގެ ދަތުރު ފެށޭނެއެވެ.
ތިންވަނަ ފުލައިޓުގައި 250 ޙައްޖުވެރިން ސަޢުދީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ