އިސްކަންދަރު ވޯކާސް ޔޫނިއަން އަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް މިނިސްޓަރު ޝަފީއު އިއުތިރާފުވެއްޖެ

އިސްކަންދަރު ސްކޫލުގެ ޓީޗަރުން ހިންގަމުން އަންނަ އިސްކަންދަރު ވޯކާސް ޔޫނިއަން އަށް ސަރުކާރުން ހުރަސް އަޅަމުން އަންނަ ކަމަށް ތައުލީމާ ބެހޭ މިނިސްޓަރު އިސްމާއިލް ޝަފީއު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއުތިރާފުވެވަޑައިގެންފި އެވެ. 
ޔޫނިއަން އަށް ހުރަސް އެޅުމުގެ އުޒުރެއްގެ ގޮތުން މިނިސްޓަރު ދެއްކެވީ ޔޫނިއަންއަށް ކިޔާ ނަމެވެ. ޝަފީއު ވިދާޅުވީ އިސްކަރު ވޯކާސް ޔޫނިއަން އިސްކަންދަރު ސްކޫލުގެ ނަމާ ވައްތަރުވުމަކީ ބޮޑު މައްސަލައެއް އަދި ގަވާއިދާ ހިލާފު ކަމެކެވެ. 
[ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން] ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާވާނެ ފަދަ ނަމެއް ޔޫނިއަންއަކަށް ނުނެގޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ. 
މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ ޔޫނިއަން ހިންގަން ހުރަސްއަޅަމުންގެންދަވާނެ ކަމަށެވެ. އަދި ޔޫނިއަންގެ މައްސަލަ، ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން، އެފަދަ ޔޫނިއަނެއް އުފެއްދިދާނެ ކަމަށް. އެ [ޔޫނިއަން] ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ރަނގަޅަށް ކަމަށް ނުދެކެން،" މިނިސްޓަރު ވިދާޅުވި އެވެ. 
ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ޔޫނިއަނަކަށް ނުކިޔޭނީ ދައުލަތުގެ މުއައްސަސާއެއްގެ ނަމެކެވެ. އަދި އެފަދަ ނަމަކާ އޮޅުން އަރާނެ ފަދަ ނަމެއް ވެސް ނުކިޔޭނެ އެވެ. ގަވާއިދުގައި ބުނާ ގޮތުން ނަން ރަޖިސްޓްރީ ނުކުރެވޭނީ އިސްކަންދަރު ވޯކާސް ޔޫނިއަންއަކީ  އިސްކަންދަރު ސްކޫލް ކަމަށް ހީވާނަމަ އެވެ. 
އެހެން ގައުމުތަކުގައި ވެސް ޔޫނިއަން މަސައްކަތްތެރީންގެ ދާއިރާއާ ނުވަތަ އޮފީހާ ގުޅުވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ