ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުގައިވާ ހޮހަޅައަކަށް ފީނި އިޓަލީ އަށް ނިސްބަތްވާ 5 ފަތުރުވެރިއަކު މަރުވި ހާދިސާގައި، އެ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް ދިވެހިރާއްޖެއަށް އައި ފިންލެންޑްގެ ޑޭން ޔޫރަޕުން ހޯދި މައުލޫމާތުތައް ދިވެހި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އެ ގްރޫޕުން ބުނެފިއެވެ.
ޑޭން ޔޫރަޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމަށްފަހު އިއްޔެ އެ ގްރޫޕުން ކުރި ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމެވެ. އޭގެ ތެރޭގައި، ރިކަވަރީ ފޭސްގައި ބޭނުންކުރި ވަގުތީ ގައިޑްލައިންތަކާއި އޮޕަރޭޝަނަލް ރިފަރެންސްތަކާއި ބޭނުންކުރި ސާމާނުތައް ނެގުން ހިމެނެ އެވެ. އަދި ތަހުގީގަށް ބޭނުންވެދާނެ އިތުރު ހެކިތަކެއް ހުރިތޯ ބަލައި، އެ ތަކެތި ހޯދުން ވެސް ކުރިއަށް ގެންދިޔަ އެވެ.
"ކަނޑުއަޑިން މައްޗަށް ނެގި ހުރިހާ އެއްޗެއް މިހާރު ވަނީ ތަހުގީގަށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައި،" ޑޭން ޔޫރަޕްގެ ބަޔާނުގައި ބުނެފައިވެއެވެ.
ފިންލޭންޑްގެ ޑައިވަރުންގެ ޓީމުން ހޯދި މައުލޫމާތު ފުލުހުންނާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ