ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށް ގެންދިޔަ އަޕްގްރޭޑިންގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މާލެ އާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލައި ކަމަށެވެ. އެގޮތުން ރޭ މެންދަމު 3:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް ވަރުބަލިކަމެއް ނެތި މަސައްކަތުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފުންނަށާއި ވާޓްސިލާގެ އިންޖީނިއަރުންނަށް ޝުކުރު އަދާކުރާ ކަމަށް ސްޓެލްްކޯ އިން ބުންޏެވެ.
View this post on Instagram
A post shared by State Electric Company Limited (@stelcomv)
އެ ކުންފުނިން ބުނީ އަޕްގްރޭޑިންގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާ އިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަ ށްފަހު ދުރާލައި އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.
ކަރަންޓް އަޕްގްރޭޑިންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ